ކޮންމެ ކުއްޖަކީ قاري އެއް؟
الاخ احمد
ކީރިތި رسول صلى الله عليه و آله وسلم ގެ އަރިހުން ޢަބްދުﷲ ބިން މަސްޢޫދު ރިވާކުރައްވާފައިވާ حديث ފުޅުގައި ވެއެވެ.
عَبْدَ اللَّهِ بْنَ مَسْعُودٍ ، يَقُولُ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا ، لَا أَقُولُ الم حَرْفٌ ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ" މާނައީ: " قران ން އަކުރެއް ކިޔަވައިފި މީހަކަށް 10 ދަރުމަ ހުއްޓެވެ. ތިމަން ކަލޭގެފާނު الم މިއީ އަކުރެއް ކަމުގައި ވިދާޅެއް ނުވަމުއެވެ. އަދި ކިއެއްތަ އަލިފަކީވެސް އަކުރެކެވެ. އަދި ލާމް އަކީ ވެސް އަކުރެކެވެ. އަދި މީމަކީވެސް އަކުރެކެވެ. "
ކޮންމެ ދަރިވަރަކީ ވެސް قاري އެކެވެ. قاري ން ކިޔަވާފައި ހުންނަ ގޮތަށް ކިޔަންވަން ދަސްކުރަމާ ހިންގަވާށެވެ.
ރާގު ރާގަށް އަޑުނަގާ ކިޔެވުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟
ރީތި ރާގު ރާގަށް ސާފު އަޑުން قران ކިޔަވަން ފެށިގެން އައީ ކީރިތި رسول صلى الله عليه و آله وسلم ގެ އަރިހުންނެވެ. حديث ން އެގެން އޮތް ފަދައިން ކީރިތި قران ރީތިކޮށް ކިޔަވަން ދަސްކޮށް ދިނުމާއި ކިޔެވުމަށް رسول صلى الله عليه و آله وسلم ގެ حياة ޕުޅުގައި ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. رسول صلى الله عليه و آله وسلم حديث އެއްގެ މާނައިގައިވެއެވެ.
ޤުރުއާން ރީތި އަޑުން ކިޔަވާށެވެ. އަދި قران ރީތިކޮށް ކިޔަވަން ނުދަންނަ މީހާ ތިމަން މެންގެ ތެރެއަކުން ނުވެއެވެ. (އެބަހީ ކިޔަވާއިރު އަޑު ރީތި ކުރުމާއި އަދި ބިރުވެތިކަމުގެ އަސަރާއެކު ކިޔެވުމާއި އަދި ކިޔެވުމުގެ ފޮނި ލައްޒަތު حاصل ވާނެ ގޮތަށް ކިޔެވުމެވެ.)
قران ކުލާސް ތައް ހިންގަވާބޭފުޅުންނާއި قاري ވެރީންގެ އެންމެބޮޑު އެއް އަމާޒަކަށް ވެފައި އޮންނަނީ، ދަރިވަރުންނަށް ރީއްޗަށް قران ކިޔަވަން އުގަންނައިދީ ދަސްކޮށްދިނުމެވެ. މިކަމުން ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމާއި އުފަލަކީ الله سبحانہ و تعا لی ހެޔޮދަރުމައާއި ثواب އިތުރުވެގެން ދިއުމެވެ. قران ގެ علم ދަސްކުރުމުން اخروي حياة ންލިބޭ ثواب އާއި ދަރުމައިގެ އިތުރުން ދުނިޔަވީ ގޮތުން ލިބިގެންދާނެ ފައިދާ ތައް މީގެތެރޭގައި ވަރަށް ވެސްގިނައެވެ. މިތާގައި އަޅުގަނޑަށް ފެންނަ ބައެއްކަންތައް ތައް ފާހަގަ ކޮށްލާނަމެވެ.
قران ރީއްޗަށް ކިޔަވަން އެގުމުން، ތިމާގެ ހިތުގައި قران އަށް ދެވިފައިވާ قدر އާއި މާތްކަން އިތުރުވެގެން ދެއެވެ. އަބަދުވެސް ރީއްޗަށް قران ކިޔަވާ އަޑު އިވުމުން، ނޭގުމެއްގެ ތެރޭގައި ނަމަވެސް ކަނުލައި އަޑުއަހައި އެއާއިމެދު ވިސްނަން وقت ހޯދައި ގަނެވެއެވެ. الامام الغزالي رحمه الله ވިދާޅުވެފައިވެއެވެ. ހިތަށް އަރާއެއްޗެހި ދުލުންބޭރުކުރެވޭ ފަދައިން، قران ކިޔަވާ މީހާ ދުލުން ކިޔާ އެއްޗަކުންވެސް ހިތަށް އަސަރުކުރުވައެވެ. މީގެ މުރާދަކީ، قران ކިޔަވާ މީހާ، قران ކިޔަވާ އިރު، الله سبحانہ و تعا لی ގެ كلمة ފުޅުތަކަށް ދިރުން ގެނެސްދެނީ، ކިޔަވާމީހާގެ އަޑުންނެވެ. އެހިނދު الله سبحانہ و تعا لی ގެ كلمة ފުޅުތަކުގެ اثر އެއްފަހަރާ އެކުރުވަނީ قران ކިޔަވާމީހާގެ ހިތަށާއި އަދި އަޑުއަހާމީހުންގެ ހިތްތަކަށެވެ.
ނުނިމޭ ...
معلومات: ހޯދަނީ އިންޓަރނެޓްގެ زريعة އިން




