ކޮންމެ ކުއްޖަކީ قاري އެއް؟
الاخ احمد
ތިއިން ކޮންމެ ކުއްޖަކީ قاري އެކޭ ބުނުމުން، ފަހަރެއްގައި ތިކުދީންގެ ހިތު ތެރޭގައި ކޮންމެވެސް ވަރެއްގެ ބިރުވެރި ކަމަކާއި ސުވާލުތަކެއް އުފެދިގެން ދިއުމަކީ އެކަށީގެން ވާނެ ކަމެކެވެ. އެކަމަކު حقيقة އަކީ ކޮންމެ ކުއްޖަކަށްވެސް قاريއަކަށް ވެވިދާނެކަމެވެ. ތިކުދިންނަކީ ދުނިޔޭގެ مشهور قاري އިންނާއި އެއްފެންވަރަކަށް قران ކިޔަވަން އަދި ދަންނަ ކުދި ބަޔަކަށް ނުވެދާނެއެވެ. އެކަމަކު يقين ންބުނަން ކެރޭނެ، ތިމަންނާމީ قران ކިޔަވަން ދަސްކުރާ ކުއްޖަކީމެވެ. ތިމަންނާ قاري އިން ކިޔަވާފައި ހުންނަ ކިޔެވުން އެކި އެކި މީޑިއަމްތަކުން އަޑުއަހައި ބަލައި ހަދަމެވެ.
އަޅުގަނޑުމެންގެ ދިވެހި مجتمع ގައި އެވޭލާޒަމާނުގައި އެންމެ ފުރަތަމަ قران ގެ علم އުގެނެންފަށަނީ ޅަ عمر ގައި މާމަ، މަންމަ ނުވަތަ ބައްޕަ ކުދީން ނިންދަވަން ކިޔެވި ކިޔެވުމުގެ ތެރެއިންނެވެ. ބޭބެ ދައްތަ ގޭގައި ކިޔެވި އަޑު އަހައި ގެންނެވެ. މިޒަމާނުގައި ނަމަ ޓީވީ، ރޭޑިއޯ އަދި އެހެނިހެންވެސް މިފަދަ وصيلة ތަކުގެ ބޭނުން ހިފައިގެން قران އުގެނުމުގެ فرصت ވަރަށްވެސް ފުޅާކޮށް ހުޅުވިފައި އެބައޮތެވެ. ކޮންމެ ކުއްޖެއްގެ ހިތުތެރޭގައި އުފެދިދާނެ ސުވާލަކީ ތިމަންނާ އަށް ހަމަ ރީއްޗަށް ކިޔެވޭ ބާވައޭ؟ ތިމަންނަގެ ކިޔެވެލި އަޑު އަހާނެ ބަޔަކު ތިބެދާނެ ބާއޭ؟ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިސުވާލު ތައް ހިތުގެތެރެއަށް جمع ވާއިރު ތިއިން ކޮންމެ ދަރިވަރަކު ވެސް ވަރަށް مهم ކަމެއް ހަނދާން ނައްތާލައެވެ. އެއީ ތޯއެވެ؟ ތިމާ ހައްދަވާ ބޮޑުކުރައްވި الله سبحانہ و تعا لی ގެ މަތިންނެވެ. އެއްވެސް مخلوق އަކަށް ތިމާ ކިޔަވާ އެއްޗެއްގެ އަޑުނީވުނަސް އެ اله އަބަދުވެސް އައްސަވާ ވޮޑިގެންވާ ކަން ހަނދުމަ ނެތި ނުކުރާށެވެ. ހަމަކަށަވަރުން އެ اله ގެ ދަރުމަ އަށް އެދިގެންނޫނީ ތިއިން އެއްވެސް ދަރިވަރަކު قران ގެ علم އުގެނެން ބޭނުމެއް ނުވީހެވެ. އަބަދުވެސް ހިތުގައި އޮންނަން ޖެހެނީ الله سبحانہ و تعا لی ، ތިމާ قران ން ރަގަޅަށް ކިޔަވާ ކޮންމެ އަކުރަކަށް ދިހަދަރުމަ ދެއްވާނެކަމެވެ. އެދަރުމަ އެއްވެސް އުނިކަމެއް ނެތި ތިމާއަށް ލިބިގެންދާނީ قران ރަގަޅަށް ކިޔަވަން ދަސް ކޮށްގެން ކަމީ އެއްވެސް ދަރިވަރަކު ދެބަސްވާނެ ކަމެއް ނޫނެވެ. ކީރިތިރަސޫލު صلى الله عليه و آله وسلم ގެ ބަސްފުޅުގައި ވާފަދައިންނެވެ.
ނުނިމޭ ...
معلومات: ހޯދަނީ އިންޓަރނެޓްގެ زريعة އިން




