l
ކީރިތިވަންތަ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ހަމްދާއި ޝުކުރުކުރަމެވެ. ކީރިތިޤުރުއާން އަޅަމެންނަށް އުގަންނައި ދެއްވުމަށް ﷲ ސުބުޙާނަހޫވަތަޢާލާ މެދުވެރިކުރެއްވި ކީރިތި މާތް ސާޙިބާ އަށް ސަލަވާތާއި ސަލާމް އަރިސްކޮށް، މިސަލަވާތުގައި އެކަލޭގެފާނުންގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމެވެ.
ޝަމްސުއްދީން ސެންޓަރ ފޯރ އިސްލާމިކް ސްޓަޑީޒް، ޙިފްޡުކުލާހުގެ ބްލޮގަށް އެންމެހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވަމެވެ.
މިސެންޓަރުން ހިންގާ ޤުރުއާން ކުލާސް ސ.މީދޫ ޙިފްޡު ކުލާސް ހިންގަންފެށުންވީ އައްޑޫމީދޫ ގެ ވަރަށްމަދު އެހެނަސް ވަރަށްގިނަ މުވާޠިނުންނެއް، މީގެ އަހަރު ތަކެއް ކުރިން ދެކެމުން އައި ހުވަފެނެއް ޙަޤީޤަތަކަށްވެ ވުޖޫދަށް އައުމެވެ. މީގެ ފަސްވަރަކަށް އަހަރުކުރިން ޝަރީފީ ޕްރީސުކޫލުގައި ޤުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައި ދޭންފެށުމުގެ ގޮތުން، ފަރުދީ ގޮތުން މީދޫގެ ޚިދުމަތްތެރި ދެދަރިއަކު ވަނީ ވަރަށް ދީލަތި އެހީ އެއް އެސުކޫލަށް ވެދެއްވާފައެވެ. އަޙްމަދު ޝިއުސް، އަސްރުމާވާދި،ސ.މީދޫ އަދި އަޙްމަދު މުޙައްމަދު، ޖާދުވީގެ،ސ.މީދޫ، މިދެބޭފުޅުންގެ އެހީތެރިކަމާއެކު ޝަރީފީ ޕްރީ ސްކޫލުގައި ޤުރުއާން ޓީޗަރަކު ދެއަހަރާއި ބަޔަށްވުރެން ގިނަ ދުވަހު މަސައްކަތް ކުރެއްވިއެވެ.
އަދި ހަމައެއާއެކު ކޮންމެރަމަޟާން މަހެއްގެ ތެރޭގައި އެސްކޫލުން ބާއްވަމުން ގެންދާ ޤުރުއާން މުބާރާތަށްވެސް މީދޫގެ ލޮބުވެތި ދަރިން ތަކެއްވަނީ އެހާމެ ދީލަތި އެހީތެރިކަމެއް ފޯރުކޮށް ދެއްވާފައެވެ. އެގޮތުން،
އަބްދުﷲ ލަތީފް،
މުސްތަންސިރު މުމްތާޒް،
އިބްރާހިމް ދީދީ (އަލިދީދީ) އަދި
އަބްދުﷲ ޞާލިޙު ގެ ނަން ފާހަނގަ ކުރުންވާނީ އެބޭފުޅުންގެ ފަރުދީ ޒިންމާ އަޅުގަނޑުމެން މީދޫގެ ދަރިންބަލައިގަތް ކަން އެބޭފުޅުންނަށް އެގިގެންދާނެ ކަމަކަށެވެ. އެހެން ކަމުން އެއެންމެހާ ބޭފުޅުންނަށް ހިތުގެ އެންމެ އަޑިން އަޅުގަނޑުމެން ޝުކުރު ވެރިވަމެވެ.
އަދި ހަމައެއާއެކު ކޮންމެރަމަޟާން މަހެއްގެ ތެރޭގައި އެސްކޫލުން ބާއްވަމުން ގެންދާ ޤުރުއާން މުބާރާތަށްވެސް މީދޫގެ ލޮބުވެތި ދަރިން ތަކެއްވަނީ އެހާމެ ދީލަތި އެހީތެރިކަމެއް ފޯރުކޮށް ދެއްވާފައެވެ. އެގޮތުން،
އަބްދުﷲ ލަތީފް،
މުސްތަންސިރު މުމްތާޒް،
އިބްރާހިމް ދީދީ (އަލިދީދީ) އަދި
އަބްދުﷲ ޞާލިޙު ގެ ނަން ފާހަނގަ ކުރުންވާނީ އެބޭފުޅުންގެ ފަރުދީ ޒިންމާ އަޅުގަނޑުމެން މީދޫގެ ދަރިންބަލައިގަތް ކަން އެބޭފުޅުންނަށް އެގިގެންދާނެ ކަމަކަށެވެ. އެހެން ކަމުން އެއެންމެހާ ބޭފުޅުންނަށް ހިތުގެ އެންމެ އަޑިން އަޅުގަނޑުމެން ޝުކުރު ވެރިވަމެވެ.
ކުރިންދެންވުން ފަދައިން ޤުރުއާން ކުލާސް ޝަރީފީ ޕްރީ ސްކޫލުގައި ހިންގަންފެށުންވީ ސ.މީދޫ ޙިފްޡު ކުލާހަށް އެޅުނު ފުރަތަމަބިންގާކަމަށެވެ. އޭރު އެބޭފުޅުން ވަކިވަކި ފަރުދުންގެ ގޮތުގައި އެހީތެރިކަން ފޯރުކޮށް ދެމުން ދިޔަނަމަވެސް އަޅުގަނޑުމެން ޤަސްތުކުރީ މީދޫގައި ކީރިތިޤުރުއާނާއި ދީނީ ތަޢުލީމު ދެވޭފަދަ ސެންޓަރ އެއް ހެދޭތޯ ގަދަ އަޅައި މަސައްކަތް ކުރުމަށެވެ. ކުރެވުނު މަސައްކަތުން މީގެ ދުވަސް ތަކެއް ކުރިން މީދޫ ރަށްކުރިއަރުވާ ކޮމިޓީން ހިންގަމުން ދިޔަ ޤުރުޢާން ކުލާސް "ސ.މީދޫ ޙިފްޡު ކުލާސް" ގެ މިލްކުވެރިކަން އަޅުގަނޑުމެންނަށް އެފަރާތުގެ ދީލަތި އެއީ އާއެކު ލިބުމާއި ގުޅިގެން އަޅުގަނޑުމެން ޤަސްތުކުރީ މިކުލާސް ހިންގަން އެހީތެރިވެދޭނެ ބޭފުޅުން ކޮޅެއް ލިބޭތޯއެވެ. މިކަމަށް ވަރަށް ދީލަތި ޖަވާބެއް ދެއްވާ އެހީތެރިކަމުގެ އަތެއް ދިއްކޮށްލެވި ބޭފުޅުންނަކީ:
މިހާރު ސ.މީދޫ ޙިފްޟު ކުލާސް ހިންގަން އެންމެ އިސް ސަފުގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅުންނެވެ.
މިފަދަ ނިޢުމަތެއް ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅަމެންނަށް މިންވަރު ކުރެއްވުމަކީ އަޅަމެންގެ ނަސީބާއި ހެޔޮދަރުމަ ކަންކަށަވަރެވެ. އަޅުގަނޑުމެންގެ ދުޢާ އަކީ މީދޫގެ ވުޖޫދުން އަބަދުވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީން އާއި އެ އިލާހުގެ ކަލާމް ފުޅުގެ އަލީގެ ނޫރު ފަނޑުވުމެއްނެތި ފާޅުވޭވޭ ހުރުމެވެ. އަބަދުވެސް އަޅަމެން އެހީއަށް އެދެނީ ﷲ ސުބުޙާ ނަހޫ ވަތަޢާލާ ގެ ޙަޟުރަތަށެވެ. ﷲ އިރާދަ ނުކުރައްވާ އެއްވެސް ކަމެއް މިކާއިނާތުގައި ނުހިންގޭނެކަން އެގިތިބެ މިބުރަ މަސައްކަތާއި ގެން ކުރިއަށް ދިއުމަށް އިނބަ އިލާހުގެ ވާޤިޢަށް އެދޭ ހިނދު މަސައްކަތައް ފެށީމެވެ..




