وَذَكِّرۡ فَإِنَّ ٱلذِّكۡرَىٰ تَنفَعُ ٱلۡمُؤۡمِنِينَ

ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، مؤمن ންނަށް މަންފާކުރާނޭ ކަމެކެވެ..

وَإِذَا قُرِئَ ٱلۡقُرۡءَانُ فَٱسۡتَمِعُواْ لَهُ ۥ وَأَنصِتُواْ لَعَلَّكُمۡ تُرۡحَمُونَ

އަދި ޤުރުއާން ކިޔެވޭ ހިނދު އެއަށް ސަމާލުކަމާއިއެކު ކަނުލައި އަހާށެވެ. އަދި މަޑުމައިތިރިވާށެވެ. އެއީ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވާތޯ އެކަމުގެ އެދުމުގައެވެ..
.

أَوۡ زِدۡ عَلَيۡهِ وَرَتِّلِ ٱلۡقُرۡءَانَ تَرۡتِيلاً

ނުވަތަ އެޔަށްވުރެ އިތުރުކޮށްލައްވާށެވެ! އަދި ލަސްލަހުން قرآن ކިޔަވައި ވިދާޅުވާށެވެ!.

إِذَا تُتۡلَىٰ عَلَيۡهِمۡ ءَايَـٰتُ ٱلرَّحۡمَـٰنِ خَرُّواْ سُجَّدً۬ا وَبُكِيًّ۬ا

އެބޭކަލުންގެ މައްޗަށް رحمن ވަންތަ ރަސްކަލާނގެ آية ތައް ކިޔެވޭހިނދު، އެބޭކަލުން ކީރިތިކުރައްވަމުން سجدة އަށް ތިރިވެވަޑައިގަންނަވަތެވެ..

وَلَقَدۡ يَسَّرۡنَا ٱلۡقُرۡءَانَ لِلذِّكۡرِ فَهَلۡ مِن مُّدَّكِرٍ۬

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟

ކޮންމެ ކުއްޖަކީ قاري އެއް؟



السلام عليكم ورحمةالله وبركاته

ކޮންމެ ކުއްޖަކީ قاري އެއް؟

الاخ احمد


ރީއްޗަށް قران ކިޔަވަން އެގުމުން އެކިޔެވި ކިޔެއްވެއްޔެއްގެ މަންފާއާއި ދަރުމަ ތާއަބަދު ތިމާ އަށް ލިބިލިބި ހުންނާނެއެވެ. الله سبحانہ و تعا لی އިންސާނުން ހައްދަވައިފައިވާ ގޮތުން އަބަދުވެސް ރީތި އެއްޗިސަށް ހިތްކިޔާގޮތް އިންސާނާގެ فطرت ގައި ވަނީލައްވާފައެވެ. ރީއްޗަށް ކިޔަވާފައި ހުންނަ ކިޔެވެލި އަބަދުވެސް މީހުންގެތެރޭގައި مقبول ވާނެއެވެ. މުސްލިމުންނާއި މުސްލިމު ނޫން މީހުންވެސް ހަމަހަމަވާގޮތުގައެވެ. އެކިޔަވާފައި ހުންނަ ކިޔެވުމުގެ އަޑު އަހާ އެއަށް تعريف ކުރާނެއެވެ. ކިހާބޮޑު ހެވަކާއި ދަރުމައެއްތޯއެވެ. ތިމާ ދުނިޔެދޫކޮށް ދިއުމުން ވެސް ތިމާ ކިޔަވާފައި ހުންނަ ރިކޯރޑިން ތަކުގެ އަޑު މީހުންގެ ތެރޭގައި އާވެއާވެ ހުންނާނެއެވެ. އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައިން އިވޭ އަޑެކެވެ.

ސާޅީސް ބޮޑެތިމީހުންގެ ދުލުން تعريف ގެ ބަސްތައް ރައްދުވާ މީހާ ސުވަރުގަ ވައްދަވާ ހުއްޓެވެ. (މިފަދައިން ސައްޙަ ހަދީޘެއްގައި އައިސްފައިވާ ކަމަށް އެނގިފައި ނެތް!!!! )
ނަމަވެސް މިފަދައިން އައިސްފައިވެއެވެ. عمر بن الخطاب رضي الله عنه أن النبي صلى الله عليه وسلم قال: أيما مسلم شهد له أربعة بخير أدخله الله الجنة، فقلنا: وثلاثة؟ قال: وثلاثة، فقلنا: واثنان؟ قال: واثنان. ثم لم نسأله. ޢުމަރު އިބްނުލް ޚައްޠާބްގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވައްސަލަމް ހަދީޘް ކުުރެއްވިއެވެ. މުސްލިމެއްގެ މައްޗަށް ހެޔޮލަފާ މީހުންގެ ތެރެއިން ހަތަރު މީހަކު އެމީހެގެ ހެޔޮލަފާކަމުގެ މައްޗަށް ހެކި ވެއްޖެ ނަމަ މާތް ﷲ އެމީހަކުސުވަރުގެ ވައްދަވާ ނެތެވެ . އަރިހުގެ ތިއްބެވި ޞަހާބީން ސުވާލު ދެންނެވިއެވެ. ތިން މީހުންނަށް ވިޔަސްތޯއެވެ. ހަދީޘްކުރެއްވިއެވެ. ތިންމީހުންނަށް ވިޔަސް މެއެވެ. އަނެއްކަވެސް ސުވާލު ދެންނެވުނެވެ. ދެމީހުންނަށް ވިޔަސް ތޯއެވެ. ހަދީޘް ކުރެއްވިއެވެ. ދެމީހުންށް ވިޔަސް މެއެވެ. އެއަށް ފަހު ދެން އިތުރަށް ސުވާލެއް ނުކުރައްވައެވެ." އިމާމް ނަބަވީ މިހަދީޘް ޝަރަޙަ ކުރައްވަމުން ވިދާޅުވެފައިވެއެވެ. މިޙަދީޘުން އެނގި ބަޔާން ވާގޮތުގައި ހެޔޮލަފާ މީހުންގެ ޘަނާއާއި ތަޢުރީފްގެ ބަސްތަކަކީ މާތް ﷲ އެމީހެއްގެ ފާފަ ފުއްސަވާފާނޭ ކަމުގެ ޢަލަމާތެކެވެ. އެހެނީ ޢުޤޫބާތަކީ މާތް ﷲ ގެ ޒާތުފުޅަށް އެއިލާހު ވާޖިބު ކުރައްވާފައިވާ ކަމެއް ނޫނެވެ. އަދި ކިއެއްތަ ﷲ އިރާދަކުރައްވާ އަޅެއްގެ ފާފަ ފުއްސަވަތެވެ. އަދި އިރާދަ ކުރައްވާ އަޅަކަށް އަޒާބު ދެއްވަތެވެ. ހެޔޮލަފާ ސާލިޙު މީހުންގެ ދުލުން އެމީހަކަށް ތަޢުރީފު ގެ ބަސް ރައްދު ކުރަމަކީ އެބަޔަކަށް މާތް ﷲ ކުރައްވާ އިލްހާމް ތަކެކެވެ. އަދި އެކަމަކީ މާތް ﷲ ގެ ފުއްސެވުން ޙާސިލްވެގެން ދާނެ ޢަލާމާތެކެވެ.
އޭގެ مراد އަކީ الله سبحانہ و تعا لی އަށް އުރެދިހުރެ ކުރާކަމަކުން تعريف ގެބަސްތައް ލިބޭމީހުންނަށް އެފަދަ ދަރުމަ އެއް ދެއްވާނެކަމުގެ ވާހަކައެއް ނުމެނޫންމެއެވެ. އަދި ކިއެއްތައް އެބުނެވޭ އެޔޮލަފާމީހުންނީ قران ގެ علم ހޯދާ އެއާއި އެއްގޮތަށް علم ކުރާ މުސްލިމުންކަންކަށަވަރެވެ.
މީގެ ސަތޭކަ އަހަރަށްވުރެ ކުރީގައި ދުނިޔެދުށް مصر ގެ قاري ން ގެ ކިޔެވެލީގެ އަޑު މިއަދާހަމަ އަށްވެސް އަޅުގަނޑުމެންނަށް ލިބެންހުރުންވީ، قران ގެފަންނަށް ދަރިވަރުން ހޭލުން ތެރިކުރުވަން ލިބޭ ވަރަށްވެސް ބޮޑު އެހީއަކަށެވެ. އޭގެތެރެއިންވެސް އަންނަނިވި قاري ން ގެ ކިޔެވުމުގެ އަޑު އަހާލުމުން ފެންކަޅިވެގެން ނުދާފަހަރެއް ހަމަ މަދުވާނެއެވެ.
محمد سلامه رحمه الله - 1888 - 1982
كامل يوسف البهتمي رحمه الله - 1922 - 1969
محمد رفاط رحمه الله 1882 - 1950
مصطفى اسماعيل رحمه الله 1905 - 1978
محمد الصديق المنشاوي رحمه الله 1920 - 1960
محمود خليل الحصري رحمه الله 1910 - 1980 އަދި
عبد الباسط عبد الصمد رحمه الله 1927 - 1988 މިބޭބޭފުޅުންނެވެ.
އަޅުގަނޑުއެދެނީ ތިހުރިހާ ކުދިންވެސް އެބޭފުޅުންގެ ކިޔެވުމުގެ އަޑުއަހާ އެ مرحوم ންނަށް ހެޔدعاء ކޮށްދެއްވުމެވެ. الله سبحانہ و تعا لی އަޅަމެންގެ ތެރޭގައި އުޅެފައި ދުނިޔެ ދޫކޮށްފައިވާ އަޅަމެންގެ ކާބަފައިންނަށް رحمة ލައްވާށިއެވެ. امين.

ރީއްޗަށް قران ކިޔަވަން ދަސްކުރުމަކީ އެއްދުވަހުން ނުވަތަ ދެދުވަހުން ކުރެވޭ މަސައްކަތުން حاصل ކުރެވޭވަރަށްވުރެ މާބުރަބޮޑު ކަމެކެވެ. قران ގެ علم އުގެނެންފަށައިގަތުމުން އެ علم ހޯދަންކުރާ މަސަތްކަތުގައި ވަރަށް ގިނައިން قران لفظ ތައް ކިޔާ مراجعة ކުރެވެން ޖެހެއެވެ. ހަމައެފަދައިން قران حفظ ކުރާދަރިވަރުން މިއަށްވުރެ ބޮޑަށް قران لفظ ތައް ކިޔާފަރިތަކޮށް ހިތަށް جمع ކުރަންޖެހެއެވެ. މި مرحلة ގައި ދެފައިދާއެއް ލިބިގެންއެބަދެއެވެ. اخروي حياة ބާއްޖަވެރިވުމުގެ އިތުރަށް صحى ގޮތުންވެސް ނޭގޭ ފައިދާތަކެއް ލިބިގެންދެއެވެ. އަޅުގަނޑުގެ ރައްޓެހި ދަރިވަރަކު استاذ އަކަށް ކިޔާދިން ގޮތުގައި އެދަރިވަރަކީ އުފެދުމުގައިވެސް ދޫކޮށި ނޭވާހިއްލާ ކަހަލަ ބައްޔެއް عمر ގައިވެއަތި ކޮށްފައިވާ ދަރިވަރަކެވެ. އެހެންނަމަވެސް އެދަރިވަރު قارى ކޯސްހަދަން ފެށިފަހުން އެއަނދަގޫ ތައް މުޅިންފިލައިދިޔަކަމަށް އެދަރިވަރުން ކިޔާދިނެވެ. ޑަކްޓަރީ ފަރުވާ އަކަށް ނުފުދޭތޯއެވެ.
ކީރިތި رسول صلى الله عليه و آله وسلم ގެ صحابىން ރީތިރާގުގައި ކިޔަވާއަޑު އެކަލޭފާނު އައްސަވާ ހެއްދެވި ވާހަކަތަކަކީ صحابىން ގެތެރޭގައި ވަރަށް مشهور ވާހަކަތަކެކެވެ. އެއްދުވަހަކު رسول صلى الله عليه و آله وسلم، أبو موسى الأشعري رضي الله عنه ކިޔަވާވިދާޅުވާ އަޑު އައްސަވަން އިންނަވާފައި، أبو موسى الأشعري رضي الله عنه ގެފާނަށް ހެޔޮ دعاء ފުޅެއް ކުރެއްވުމަށްފަހު، حدىث ފުޅުކުރެއްވިކަމަށް ވާރިދުވެފައިވެއެވެ. ހަމަކަށަވަރުން داوود عليه السلام ދެއްވާފައިވާ ދުއްމަރީގެ އަޑު ފަދަ ރިވެރި އަޑެއްވަނީ ކަލޭގެފާނަށް ވެސް ދެއްވާފައެވެ. މިކަމުންވެސް އެގެނީ ރީތިރާގުގައި قران ކިޔެވުން ފެށިގެން އައިސްފައިވަނީ رسول صلى الله عليه و آله وسلم ގެ حياة ޕުޅާއި ހަމައިންކަމެވެ.

ނުނިމޭ ...

ކުރީ ގެ ބަޔަށް

معلومات: ހޯދަނީ އިންޓަރނެޓްގެ زريعة އިން

ކޮންމެ ކުއްޖަކީ قاري އެއް؟



السلام عليكم ورحمةالله وبركاته


ކޮންމެ ކުއްޖަކީ قاري އެއް؟

الاخ احمد


ކީރިތި رسول صلى الله عليه و آله وسلم ގެ އަރިހުން ޢަބްދުﷲ ބިން މަސްޢޫދު ރިވާކުރައްވާފައިވާ حديث ފުޅުގައި ވެއެވެ.

عَبْدَ اللَّهِ بْنَ مَسْعُودٍ ، يَقُولُ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا ، لَا أَقُولُ الم حَرْفٌ ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ" މާނައީ: " قران ން އަކުރެއް ކިޔަވައިފި މީހަކަށް 10 ދަރުމަ ހުއްޓެވެ. ތިމަން ކަލޭގެފާނު الم މިއީ އަކުރެއް ކަމުގައި ވިދާޅެއް ނުވަމުއެވެ. އަދި ކިއެއްތަ އަލިފަކީވެސް އަކުރެކެވެ. އަދި ލާމް އަކީ ވެސް އަކުރެކެވެ. އަދި މީމަކީވެސް އަކުރެކެވެ. "

ކޮންމެ ދަރިވަރަކީ ވެސް قاري އެކެވެ. قاري ން ކިޔަވާފައި ހުންނަ ގޮތަށް ކިޔަންވަން ދަސްކުރަމާ ހިންގަވާށެވެ.

ރާގު ރާގަށް އަޑުނަގާ ކިޔެވުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟

ރީތި ރާގު ރާގަށް ސާފު އަޑުން قران ކިޔަވަން ފެށިގެން އައީ ކީރިތި رسول صلى الله عليه و آله وسلم ގެ އަރިހުންނެވެ. حديث ން އެގެން އޮތް ފަދައިން ކީރިތި قران ރީތިކޮށް ކިޔަވަން ދަސްކޮށް ދިނުމާއި ކިޔެވުމަށް رسول صلى الله عليه و آله وسلم ގެ حياة ޕުޅުގައި ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. رسول صلى الله عليه و آله وسلم حديث އެއްގެ މާނައިގައިވެއެވެ.

ޤުރުއާން ރީތި އަޑުން ކިޔަވާށެވެ. އަދި قران ރީތިކޮށް ކިޔަވަން ނުދަންނަ މީހާ ތިމަން މެންގެ ތެރެއަކުން ނުވެއެވެ. (އެބަހީ ކިޔަވާއިރު އަޑު ރީތި ކުރުމާއި އަދި ބިރުވެތިކަމުގެ އަސަރާއެކު ކިޔެވުމާއި އަދި ކިޔެވުމުގެ ފޮނި ލައްޒަތު حاصل ވާނެ ގޮތަށް ކިޔެވުމެވެ.)

قران ކުލާސް ތައް ހިންގަވާބޭފުޅުންނާއި قاري ވެރީންގެ އެންމެބޮޑު އެއް އަމާޒަކަށް ވެފައި އޮންނަނީ، ދަރިވަރުންނަށް ރީއްޗަށް قران ކިޔަވަން އުގަންނައިދީ ދަސްކޮށްދިނުމެވެ. މިކަމުން ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމާއި އުފަލަކީ الله سبحانہ و تعا لی ހެޔޮދަރުމައާއި ثواب އިތުރުވެގެން ދިއުމެވެ. قران ގެ علم ދަސްކުރުމުން اخروي حياة ންލިބޭ ثواب އާއި ދަރުމައިގެ އިތުރުން ދުނިޔަވީ ގޮތުން ލިބިގެންދާނެ ފައިދާ ތައް މީގެތެރޭގައި ވަރަށް ވެސްގިނައެވެ. މިތާގައި އަޅުގަނޑަށް ފެންނަ ބައެއްކަންތައް ތައް ފާހަގަ ކޮށްލާނަމެވެ.

قران ރީއްޗަށް ކިޔަވަން އެގުމުން، ތިމާގެ ހިތުގައި قران އަށް ދެވިފައިވާ قدر އާއި މާތްކަން އިތުރުވެގެން ދެއެވެ. އަބަދުވެސް ރީއްޗަށް قران ކިޔަވާ އަޑު އިވުމުން، ނޭގުމެއްގެ ތެރޭގައި ނަމަވެސް ކަނުލައި އަޑުއަހައި އެއާއިމެދު ވިސްނަން وقت ހޯދައި ގަނެވެއެވެ. الامام الغزالي رحمه الله ވިދާޅުވެފައިވެއެވެ. ހިތަށް އަރާއެއްޗެހި ދުލުންބޭރުކުރެވޭ ފަދައިން، قران ކިޔަވާ މީހާ ދުލުން ކިޔާ އެއްޗަކުންވެސް ހިތަށް އަސަރުކުރުވައެވެ. މީގެ މުރާދަކީ، قران ކިޔަވާ މީހާ، قران ކިޔަވާ އިރު، الله سبحانہ و تعا لی ގެ كلمة ފުޅުތަކަށް ދިރުން ގެނެސްދެނީ، ކިޔަވާމީހާގެ އަޑުންނެވެ. އެހިނދު الله سبحانہ و تعا لی ގެ كلمة ފުޅުތަކުގެ اثر އެއްފަހަރާ އެކުރުވަނީ قران ކިޔަވާމީހާގެ ހިތަށާއި އަދި އަޑުއަހާމީހުންގެ ހިތްތަކަށެވެ.

قران ރީއްޗަށް ކިޔަވާނަމަ އެހެންމީހުން قران އާއި ކައިރިވުމަށް މަގެއް ހުޅުވާދެވެއެވެ. ރީތިކޮށް قران ކިޔަވާ އަޑުއެއްސެވުމަށް ކީރިތި رسول صلى الله عليه و آله وسلم ވަރަށް ބޮޑަށް ލޯބިކުރެއްވިއެވެ. އެއްދުވަހަކު ކީރިތި رسول صلى الله عليه و آله وسلم، ابن مسعود رضي الله عنه ، އަށް حديث ފުޅުކުރެއްވިއެވެ. ތިމަންކަލޭގެފާނު އަޑުއައްސަވަން قران ކިޔަވައި ވިދާޅުވާށެވެ. ތިމަންކަލޭގެފާނު ވެސް އެހެންމީހުން قران ކިޔަވާ އަޑު އެއްސެވުމަށް ލޯބިފުޅުކުރައްވަމެވެ. ابن مسعود رضي الله عنه، ކިޔަވާ ވިދާޅުވާ އަޑު އައްސަވަން އިންނަވާފައި ކީރިތި رسول صلى الله عليه و آله وسلم ކީރިތިކުރެއްވި ކަމީ صحابي ން ގެ އަރިހުން ވާރިދުވެފައިވާ ކަމެކެވެ. ابن مسعود رضي الله عنه އަކީ صحابي ންގެ ތެރޭގައި ރީތިކޮށް قران ކިޔެވުމަށް مشهور ބޭކަލެކެވެ. އަޅުގަނޑުމެންނަށް މިހާރު އަޑު މިއިވޭ مصر ގެ القاري، الشيخ المرحوم عبدالباسط عبدالصمد رحمه الله ކިޔަވާ އަޑު އިވޭ އިރުވެސް ލޮލުން ފެންކަޅިވުމަކީ އާކަމެއް ނުމެ ނޫންމެއެވެ. القاري الشيخ المرحوم عبدالباسط عبدالصمد رحمه الله އަކީ މިރާއްޖޭގެ اسلامي އެންމެބޮޑު ބިނާ ހުޅުވުމަށް مصر ން ވަޑައިގެންނެވި وفد ގައި ހިމެނި ވަޑައިގެން އެބިނާ ހުޅުވުމުގެ رسميات ގައި ކިޔަވައި ވިދާޅުވެ ބަންގި ގޮވާ ހެއްދެވި، މިއަދާ ހަމަ އަށްވެސް ދިވެހިންގެ ވަރަށް ގިނަ ބައެއްގެ ހިތުރެތޭގައި قدر ލިބިގެންވާ ދުނިޔޭގައި ވެސް ވަރަށް مشهور ބޭކަލެކެވެ. الله سبحانہ و تعا لی އެ مرحوم ސުވަރުގެ މިންވަރު ކުރައްވާށިއެވެ. امين!

ނުނިމޭ ...

އިތުރަށްވިދާޅުވުމަށް

معلومات: ހޯދަނީ އިންޓަރނެޓްގެ زريعة އިން